× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އިންޓަރ ވިއު: ރާއްޖެ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް

16 ޖޫން 2021

މާލެ، ދިވެހިރާއްޖެ - ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖެއިން ނެރުނު ނަތީޖާތަކާއެކު 2023 ވަނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕްގެ ކޮލިފައިން އަށް އޭއެފްސީން ކަނޑައެޅި ރޭންކިންގައިވާ ގޮތުން ރާއްޖެއަށް އޭޝިއަން ކަޕްގެ ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިއްޖެއެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން ރޭ ފިލިޕީންސް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވިނަމަ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ދިއުމުގެ ފުރުސަތު ރާއްޖެ އަށް އޮތެވެ. އެއީ ކޮލިފައިން ގްރޫޕްގެ ހަތަރު ވަނައިގައި ނިންމި ނަމަވެސް ހުރިހާ ގްރޫޕްތަކުގެ ހަތަރު ވަނައިގައި ނިންމާ ޓީމުތަކުގެ ތެރެއިން ގަދަ ހަތަރެއްގައި ހިމެނިގެންނެވެ. ރާއްޖެ ދެން ޖެހޭނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ވަންނަން ޕްލޭއޮފް ކުޅޭށެވެ.

ނަމަވެސް އޭއެފްސީ އެކަން ބަދަލުކޮށް މިއަދު ރަސްމީކޮށް ހާމަކޮށްފައިވަނީ އުތުރު ކޮރެއާ ކޮލިފައިން އިން ވަކިވެ އަދި ޤަތަރު މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި ވޯލްޑް ކަޕަށް ކޮލިފައިވުމާއެކު ރޭންކިން އަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ގިނަ ޓީމުތަކަކަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނު ކަމަށެވެ. އޭގެ ތެރޭގައި ކޮލިފައިން ގްރޫޕްތަކުގެ ހަތަރު ވަނައިގައި ނިންމި ޓީމުތަކާއި ފަސް ވަނައިގައި ނިންމި ތިން ޓީމެއް ވެސް ހިމެނޭއިރު، ރާއްޖެ އަށް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ ހަތަރު ވަނައިގައި ނިންމުމުންނެވެ.

އޭއެފްސީން މިއަދު ކަނޑައެޅި އާ ރޭންކިންގައިވާ ގޮތުން ޕްލޭއޮފްގައި ކުޅޭނީ ހަތަރު ޓީމެވެ. އެއީ އިންޑޮނީޝިއާ، ކެމްބޯޑިއާ، ޗައިނީސް ޓައިޕޭ އަދި ގުއާމް އެވެ.

ރާއްޖޭން ވަނީ 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. އެ ފަހަރު ރާއްޖެ ހިމެނުނީ އޮމާނާއި ފަލަސްތީން އަދި ބޫޓާނާ އެކު ގްރޫޕް ޑީގަ އެވެ.

Copyright © 2022 Maldives Football