× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

މީޑިޔާ އާއި ބައްދަލު ކުރާނަން, މިވަގުތު ގައުމީ ޓީމާއި އެކު ތިބުމަށް އެދެން - ބައްސާމް

27 ޖޫން 2023

މާލެ, ދިވެހިރާއްޖެ - އިންޑިޔާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި  ބަގްލްދޭޝް އަތުން ރާއްޖެ ބަލިވި މެޗަށްފަހު ގައުމީ ޓީމަށް ފާޑުކިއުންތައް އަމާޒުވުމުން ނޫސްވެރިންގެ ބައްދަލުވުމެއް އަންނަ މަހު ބާއްވާނެކަމަށް އެފްއޭއެމް ގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެއެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށް މިވަގުތު ސައުދި އަރަބިއްޔާގައި ހުރި ބައްސާމް އެފްއޭއެމްގެ މީޑިޔާ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ޓީމުގެ ކުޅުމާއި ގުޅިގެން ނުތަނަވަސްކަން ހުންނާނެކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް މިވަގުތު ޓީމަށް ހެޔޮ ދުއާ ކޮށްދޭން އެދޭ ކަމަށެވެ.

"ޖުލައި މަހުގެ 15 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޅުގަނޑު ބައްދަލުކުކޮށް ހުރިހާ ސުވާލުތަކަކަށް ޖަވާބު އަރުވާނަން." ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ އެ ވަގުތަށް މަޑުކޮށްދިނުމަށް. ކުރިން ބޭއްވުނު ބައްްދަލުވުމުގައި އެދުނު ކަންތައްތައް ފުރިހަމަ ކުރާނަން އަދި ހުރިހާ ފަރާތެއްގެ ހިޔާލުވެސް ބޭނުން." ބައްސާމް އިތުރަށް ވިދާޅުވިއެވެ.

ބައްސާމް ވަނީ މާދަމާ ލުބުނާނާއި ދެކޮޅަށް ކުޅޭ މެޗުގައި ގައުމީ ޓީމަށް ހިތްވަރުދީ ހުރިހާ ފަރާތްތަކުންވެސް ގައުމީ ޓީމަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދިފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި 2-0 އިން ބޫޓާން ބަލިކޮށްފައިވާއިރު, ފަހަތުން އަރާ 3-1 ގެ ނަތީޖާއަކުން ބަންގްލަދޭޝް ވަނީ ރާއްޖެ ބަލިކޮފައެވެ. މާދަމާ ލުބުނާން އާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ލުބުނާން ބަލިކޮށްގެން ނޫން ގޮތަކަށް ރާއްޖެއަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ނުލިބޭނެ އެވެ. ލުބުނާން ވަނީ ގްރޫޕުގައި މިހާތަނަށް ކުޅުނު 2 މެޗު ވެސް ކާމިޔާބުކޮށްފަ އެވެ.


Copyright © 2024 Maldives Football