ހާމިދުގެ ތައުރީފު ބައްސާމް އަށް!
25 ޖުލައި 2023
މާލެ, ދިވެހިރާއްޖެ - ސޭވް އެފްއޭއެމް ގެ ނަމުގައި އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ ބަދަލުކުރުމަށް މަސައްކަތް ކުރާ ޓީމުގެ އިސް މެމްބަރެއް ކަމުގައިވާ ހާމިދު އަބްދުލް ޣަފޫރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތައުރީފުކޮށް ވާހަކަ ދައްކައިފި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ގިނަ ދުވަސްތަކަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އިޝާރާތްކޮށް ހާމިދު ބުނެފައިވަނީ 90 މިނިޓްވަންދެން ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުން ބައްސާމް މޮޅަށް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އަދި ބައްސާމްގެ ޕީއާރު ވަރަށް ރަގަޅު ކަމަށެވެ.
"President Bassam has excellent PR and handled the press conference well (almost for 90 minutes). He blamed management failure on two things. One was COVID and the other, more softly put was withdrawal of government funds with change in government in 2018. He agreed tere was mismanagement but NO corruption." ސޭވް އެފްއޭއެމް ގްރޫޕަށް ހާމިދު ފޮނުވި މެސެޖް.
ސޭވް އެފްއޭއެމްގެ ނަމުގައި ފެށި ހަރަކާތުގެ ފުރަތަމަ ބައްދަލުވުމުގައި ފުޓްބޯޅައިގެ އެކި ފަރާތްތަކުން ބައިވެރިވެފައިވީ ނަމަވެސް, އޭގެ ތެރެއިން ބައެއް ފަރާތްތަކުން ބައްސާމް އާއި ބައްދަލުކުރުމަށްފަހު ބުނެފައިވަނީ އެ ބައްދަލުވުމަށް ގެންގޮސްފައިވަނީ އޮޅުވާލައިގެން ކަމަށެވެ.
ޝީ ބިލްޑިންގްގައި ބޭއްވި ބައްދަލުވުމަށްފަހު އިތުރު ހަރަކާތެއް ފެނިފައިނުވާއިރު އެ ބައްދަލުވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލަފައިގެން ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ފެށުމާއި ގުޅޭ ގޮތުންނެވެ.