× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ލެބަނަން އަތުން ބަލިވެ ރާއްޖެއަށް ސެމީގެ ފުރުސަތު ހަނިވެއްޖެ

28 ޖޫން 2023

ބެންގަލޫރު, އިންޑިޔާ - އިންޑިޔާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ލެބަނަން އާއި ދެކޮޅަށް ދިވެހިރާއްޖެ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ލެބަނަން އަތުން ބަލިވެ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.

ލުބުނާން އަތުން ރާއްޖެ ބަލިވުމާއެކު މިރޭ ބޫޓާން އާއި ދެކޮޅަށް ބަންގްލަދޭޝް ކުޅޭ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ބޫޓާން މޮޅުވެގެން ނޫން ގޮތަކަށް ރާއްޖެއަށް ސެމީގެ ފުރުސަތު ނުލިބޭނެ އެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިހާތަނަށް ގްރޫޕް ސްޓޭޖުން ކަޓާފައެއް ނުވެއެވެ.

ސެމީ ފައިނަލުގެ ޖާގައެއް ލުބުނާން އިން ހޯދާފައިވާއިރު, ސެމީ ގައި އެ ޓީމު ނިކުންނާނީ މުބާރާތް ބާއްވާ އިންޑިޔާ އާއި ދެކޮޅަށެވެ.

ގިނަ ބަދަލުތަކަކާއެކު ރާއްޖެ އިން ލުބުނާން އާއި ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ފަށައިގެން ރާއްޖެއިން ލަނޑެއް ޖެހުމަށް މަސައްކަތް ކުރިނަމަވެސް އެކަން ވަނީ ކާމިޔާބުވާގޮތް ނުވެއެވެ.

ލެބަނަން އިން މި މެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 23 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދީފައިވަނީ ކެޕްޓަން މަތޫކް އެވެ.

މެޗުގެ ދެވަނަ ހާފްގައި ރާއްޖެއިން ބަދަލުތަކެއް ގެނައި ނަމަވެސް ލެބަނަންގެ ގޯލު ފޫއަޅުވާލުމަށް ރާއްޖެއަށް ވަނީ ނުކުޅެދިފައެވެ.

Copyright © 2024 Maldives Football