ޕްރެސް ދޫކޮށް މޮރިއޭރޯ ދިއުން, ކުޑަ ކަމެއް ނޫން!
25 ޖޫން 2023
ބެންގަލޫރު, އިންޑިޔާ - ސާފް ޗެމްޕިއަންޝިޕްގައި މިއަދު ބަންގްލަދޭޝް އަތުން ދިވެހިރާއްޖެ ބަލިވި މެޗަށްފަހު ގައުމީ ކޯޗު, އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ދިއުމަކީ ކުޑަކަމެއް ނޫނެވެ.
ދިވެހިރާއްޖެ އިން މެޗުގެ 17 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުން އަރާ ބަންގްލަދޭޝް އިން 3-1 އިން މެޗު ކާމިޔާބުކުރުމަކީ ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ މައްޗަށް ބަންގްލަދޭޝްއިން ކުރި ހޯދި ފުރަތަމަ ފަހަރެވެ.
ބަންގްލަދޭޝް އަތުން ބަލިވި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ގޮސް ކޯޗް ވަނީ ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓް ކޮށްފައެވެ.
"ވިހި މިނިޓް ޕާސް ދީފައި ދެން ނުފެނުނު އެއްވެސް ކަމެއް. މިއީ ގައުމީ ޓީމެއްގެ ކުޅުމެއް ނޫން. ދިވެހިންގެ ކިބައިން އަހަރެއް މާފަށް އެދެން. މިކަމެއް މި ގޮތަކަށް ނުކުރެވޭނެ." ނޫސްވެރިންގެ ބައްދަލުވުމުގައި މިހެން ބުނުމަށްފަހު ކޯޗް ވަނީ ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓް ކޮށްފަ އެވެ.
ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުކުރަމުން އައި ކޯޗެއް މިފަދަ މޭރުމަކުން ވާހަކަ ދެއްކުމުން ސުވާލު އުފެދެއެވެ. ކޯޗު ބޭނުންވާ ހުރިހާ ކަމެއް އެފްއޭއެމް އިން ފުރިހަމަ ކޮށްދީފައިވާއިރު, އިދިކޮލަށް ނިކުންނަ ޓީމުތަކާއި ދެކޮޅަށް ކުޅޭނެ ގޮތާއި އެހެނިހެން ކަންތައްތަކަކީ ކޯޗު ކުރަންޖެހޭ ކަމެކެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބޫޓާން އަތުން މޮޅުވިނަމަވެސް އެ މެޗުގައިވެސް ދިވެހި ޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. އަދި ރާއްޖެ ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރާތ 3 ލަނޑު ކާމިޔާބުކޮށް ބަންގްލަދޭޝް އިން ކުރި ހޯދާފައިވާއިރު މިއީ ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި ބަންގްލަދޭޝް އަށް ރާއްޖޭގެ މައްޗަށް ސާފް ޗެމްޕިއަންޝިޕްގައި ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.
ބައިނަލްއަގްވާމީ މުބާރާތެގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޮއިކޮޓް ކުރުމަކީ ކުޑަ ކަމެއް ނޫނެވެ. މީގެ ކުރިން މިފަދަ ގޮތަކަށް ކޯޗުން އަމަލު ކުރުމުން ވަނީ ފިޔަވަޅު އަޅާފައެވެ. ސާފް އިން މިކަމުގައި ފިޔަވަޅެއް ނާޅާނަމަ އެފްއޭއެމް އިން މި މައްސަލަ ބަލާ ފިޔަވަޅު އެޅުމަކީ ކުރިއަށް އޮތް ތަނުގައި މިފަދަ ކަންތައްތައް ނުކުރުމަށް ކޯޗުންނަށް ދެވޭނެ އިންޒާރެކެވެ.
މުބާރާތުގެ މެޗަކަށްފަހު ކޯޗު ޕްރެސް ކޮންފަރެންސް ބޮއިކޮޓް ކޮށްފައިވާއިރު, ގައުމީ ޓީމު ޓްރެއިނިންގ ކޭމްޕަށް ޖަޕާނަށް ފުރުމުގެ ކުރިންވެސް ކޯޗު ވަނީ މީޑިޔާއަށް ފިލާފަ އެވެ.
ގައުމީ ކޯޗު ދިވެހިންގެ ކިބައިން މައާފަށް އެދުމަށްފަހު ޕްރެސް ކޮންފަރެންސް ބޮއިކޮޓް ކޮށްފައިވާއިރު, ދިވެހިންގެ ކިބައިން މާއާފަށް އެދުމަށްފަހު ކޯޗު މަގާމުން އިސްތިއުފާ ދިނުންވެސް މިހާރު މާ ރަގަޅުވާނެ ކަމަށް ބައެއް ފަރާތްތަކުންވަނީ ބުނެފައެވެ.