× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

މާޒިޔާއިން ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރަން ފަށައިފި

04 ފެބުރުއަރީ 2023

މާލެ، ދިވެހިރާއްޖެ - ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އިން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމު އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ގައުމީ ޓީމުގައި ހިމެނޭ އެ ޓީމުގެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރަން ފަށައިފި އެވެ.

ސީޒަން ފަށާ ދުވަސް ރަސްމީކޮށް އިއުލާން ކޮށްފައިނުވި ނަމަވެސް، އެފްއޭއެމް އިން ވަނީ އަންނަ މާޗް މަހުގެ ފަހުކޮޅު ސީޒަން ފަށާނެކަމަށް ބުނެފައެވެ.

މާޒިޔާ އިން ވަނީ ހަތް ކުޅުންތެރިއެއްގެ ކޮންޓްރެކްޓް އާކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަސަން ޝިފާޒު، ހުސައިން ނިހާން، އިބްރާހިމް އައިސަމް، މުހައްމަދު އިރުފާން، ޑިފެންޑަރު ސަމޫހް އަލީ އަދި ގޯލް ކީޕަރުން ކަމަށްވާ ހުސައިން ޝަރީފް އާއި އަބްދުﷲ އިޔާން އެވެ.

2014 ވަނަ އަހަރުން ފެށިގެން މާޒިޔާއަށް ކުޅެމުން އަންނަ އިރުފާން އެ ކްލަބާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރިއިރު ޓީމުގައި ހިމެނޭ އެންމެ ސީނިއާ ކުޅުންތެރިންގެ ތެރޭގައި އިރުފާން ހިމެނެއެވެ. 

އަދި ހުސެއިން ނިހާން 2019 ވަނަ އަހަރު މާޒިޔާ އާއި ގުޅުމުގެ ކުރިން އޭނާ ވަނީ ވިކްޓަރީ އަދި ކްލަބް ވެލެންސިއާއަށް މީގެ ކުރިން ކުޅެފައެވެ.

Copyright © 2024 Maldives Football