× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ފީފާ އިން ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަން ސަސްޕެންޑް ކޮށްފި

22 ޖެނުއަރީ 2023

މާލެ، ދިވެހިރާއްޖެ - ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ސްރީ ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފި އެވެ.

ފީފާގެ ޖެނެރަލް ސެކްރެޓަރީ ފާތިމާ ސަމޫރާ ސޮއި ކުރައްވާ މިއަދު ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ 21 ޖެނުއަރީ 2023 އިން ފެށިގެން ފީފާއިން ވަކި ގޮތެއް އަންގަންދެން ފީފާގެ އަސާސީ ގަވާއިދުގެ އާޓިކަލް 16 ވަނަ މާއްދާގެ ދަށުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އަދި އާޓިކަލް 13 ވަނަ މާއްދާގެ ދަށުން ފީފާގެ މެމްބަރ އެސޯސިއޭޝަން ތަކަށް ލިބިގެންދާ ހުރިހާ މެމްބަރޝިޕް ރައިޓްސްތައް ގެއްލިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ލަންކާއަށް ބައިނަލްއަގްވާމީ ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.

ފީފާއިން ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަން ސަސްޕެންޑް ކޮށްފައިވަނީ ޖެނުއަރީ މަގުގެ 14 ވަނަ ދުވަހު ބޭއްވި އިންތިހާބަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ވަދެފައިވާކަމަށް ގަބޫލުކުރެވިގެންނެވެ.




Copyright © 2024 Maldives Football