× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަން ކުރުމަކީ ހީކުރާހާ ފަސޭހަ ކަމެއް ނޫން: މޮރިއޭރޯ

04 ޖެނުއަރީ 2023

މާލެ، ދިވެހިރާއްޖެ - ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަން ކުރުމަކީ ހީކުރާހާ ފަސޭހަކަމެއް ނޫން ކަމަށް ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

އިޓަލީގެ ނޫހެއް ކަމަށްވާ "ލަ ރިޕަބްލިކާ" އަށް ދިން އިންޓަވިއުއެއްގައި މޮރިއޭރޯ ބުނެފައިވަނީ ރާއްޖޭގެ ކުޅުންތެރިންނަކީ ނޮން ޕްރޮފެޝަނަލް ކުޅުންތެރިން ކަމަށެވެ.

"ގިނަ ކުޅުންތެރިންނަކީ ނޮން ޕްރޮފެޝަނަލް ކުޅުންތެރިން. ފުޓްބޯޅަ ކުޅެނީ ވަޒީފާއަށް ގޮސް އެ ޒިންމާތައް އަދާކުރުމަށްފަހު އޭގެ ފަހުން. އެ ކުޅުންތެރިން ފުޓްބޯޅަ ކުޅެން ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުން ވަރަށް މަސައްކަތް ކުރޭ. އެކަމަކު އެހެން ވަޒީފާއެއް އަދާކުރަމުން ފުޓްބޯޅައަށް އެއްކޮށް ފޯކަސް ކުރުމަކީ ފަސޭހަ ކަމެއް ނޫން." އިޓަލީގައި މިވަގުުތު ޗުއްޓީ ހޭދަކުރަމުންދާ މޮރިއޭރޯ ބުންޏެވެ.

އާއިލާ އާއި ދުރުގައި ހުންނަން އުނދަގޫ ވިނަމަވެސް މޮރިއޭރޯ ބުނެފައިވަނީ އޭނާގެ ހުރިހާވެސް ވިސްނުމެއް ހުރީ ރާއްޖެއަށް ކާމިޔާބީ ހޯދައިދިނުމަށް ކަމަށެވެ.

"އަހަރެންނަކަށް ނޭނގޭ ކުރިއަށް ކަންތައްތައް ހުރި ގޮތެއް. އެކަމަކު އަހަރެންގެ ހުރިހާވެސް ވިސްނުމެއް ހުރީ ރާއްޖެއަށް ކާމިޔާބީ ހޯދައިދިނުމަށް. ސަރަހައްދީ މުބާރާތް ކާމިޔާބު ކުރަން އަހަރެމެން އެބަޖެހޭ. ޒުވާން ކުޅުންތެރިން އުފައްދާ ހާއްސަ މުބާރާތަކަށް ކޮލިފައިވުމަކީ އަހަރެންގެ އަމާޒެއް." 53 އަހަރުގެ މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު މިހާތަނަށް ކުޅެފައިވާ 11 މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ ފަސް މެޗުން ބަލިވެފައިވާޢިރު ދެ މެޗު ވަނީ އެއްވަރުވެފައެވެ.

ރާއްްޖެ މޮޅުވެފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް އަތުންނާއި މިދިޔަ ޖޫން މަހު އޭޝިއަން ކަޕް ކޮލިފައިންގައި ސްރީ ލަންކާ އަތުންނާއި އެކުވެރިކަމުގެ މެޗުތަކެއްގައި ބްރުނާއީ ދާރުއްސަލާމް އާއި ލާއޯސް އަތުންނެވެ.


Copyright © 2024 Maldives Football