× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ސިންގަޕޫރު އަތުންވެސް ރާއްޖެ ބަލިވެއްޖެ

17 ޑިސެމްބަރ 2022

ސިންގަޕޫރު - ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި މިއަދު ސިންގަޕޫރާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ސިންގަޕޫރުން ރާއްޖެ ބަލިކޮށްފި އެވެ.

މެލޭޝިއާ އާއި ދެކޮޅަށް މިދިޔަ ހަފްތާގައި ރާއްޖެ ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ނުހިމެނުނު ހަމްޒާ މުހައްމަދު އަށް ކޯޗު މޮރިއޭރޯ ވަނީ މި މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ.

ސިންގަޕޫރުގެ ޖަލަން ބެސާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަތަރު ވަނަ މިނިޓްގައި ސިންގަޕޫރުގެ އިލްހާން ފަންޑީ ވަނީ ރާއްޖެ ކޮޅަށް ލަނޑެއް ޖަހާފައެވެ. އިލްހާން އަކީ ސިންގަޕޫރުގައި މިވަގުތު ހުރި އެންމެ މޮޅު ޒުވާން އެއް ކުޅުންތެރިޔާއެވެ. އަދި އޭނާއަށް ވަނީ ބެލްޖިއަމްގެ ދެވަނަ ޑިވިޝަނުގެ ކްލަބަކަށް ކުޅުމުގެ ފުރުސަތު ލިބިފައެވެ.

ސިންގަޕޫރުން މި ލަނޑު ޖެހިތާ 13 މިނިޓް ފަހުން އިބްރާހިމް މަހުދީ ހުސެއިން ވަނީ ރާއްޖެއަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ 5 މިނިޓް ފަހުން ސިންގަޕޫރުގެ ޝަވާލް އަނުއަރު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.

މި ލަނޑަށްފަހު ސިންގަޕޫރުގެ ކޯޗު ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސް ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުގައި ރާއްޖޭގެ ގޯލަށް ވަނީ ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މި މެޗުގައި ސިންގަޕޫރުން ޖެހި ތިންވަނަ ލަނޑު މެޗުގެ 86 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށް ދީފައިވަނީ ޝަވާލް އަނުއަރު އެވެ.

މިދިޔަ ހަފްތާގައި ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ އާއި ސިންގަޕޫރު ބައްދަލު ކުރި މެޗުން ރާއްޖެ ބަލިވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.


Copyright © 2024 Maldives Football