× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ބުރު ސްޕޯޓްސްގެ ކޯޗަކަށް ނިޒާމްބެ ހަމަޖައްސައިފި

01 ޑިސެމްބަރ 2022

މާލެ، ދިވެހިރާއްޖެ - އަންނަ ސީޒަނުގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ބުރު ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައިފި އެވެ.

މި އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ބުރުގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ ޖާގަ ހޯދި ބުރު ސްޕޯޓްސް ކްލަބުން ނިޒާމްބެއާ އެކު ސޮއިކޮށްފައިވަނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. 

މޯލްޑިވްސްފުޓްބޯލް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސް އިން ހޮވި ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ނިޒާމްބެ ވަނީ މީގެ ކުރިން ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސްގެ އިތުރުން ބަންގްލަދޭޝްގެ ސައިފް ސްޕޯޓްސް ކްލަބަށްވެސް މީގެ ކުރިން އިރުޝާދު ދީފައެވެ. މީގެ އިތުރުން ރާއްޖޭގެ 19 އަހަރުން ދަށުގެ ޤައުމީ ޓީމާއި 16 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ނިޒާމްބެ ވަނީ ކޯޗުކޮށްދީފައެވެ.

ޓީސީ އާއިއެކު ނިޒާމްބެ ވަނީ ދިވެހި ލީގެ ޗެމްޕިއަންކަން އެ ކްލަބަށް ހޯދައިދިނުމުގެ އިތުރުން ބަންގްލަދޭޝްގައި 2017 ވަނަ އަހަރު ބޭއްވި ޝެއިހް ކަމަލާ ކަޕްގެ ޗެމްޕިއަންކަންވެސް އެ ކްލަބަށް ހޯދަދީފައެވެ.

Copyright © 2024 Maldives Football