× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އިލާން ސީނިއާ ގައުމީ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައިފި

20 ނޮވެމްބަރ 2022

މާލެ، ދިވެހިރާއްޖެ - ނިމިގެންދިޔަ އެފްއޭއެމް 14 އަހަރުން ދަށުގެ ޔޫތު ލީގުގެ ޗެމްޕިއަންކަން ހޯދި ކްލަބް ވެލެންސިއާ ޓީމުގައި މޮޅު ކުޅުމެއް ދެއްކި، ޒުވާން ފޯވާޑް، މުހައްމަދު އިލާން އިމްރާން، ގައުމީ ސީނިއާ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފި އެވެ.

އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފަށާފައި މި ވަނީ މި މަހު ސިންގަޕޫރާއި މެލޭޝިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ 2 މެޗަށެވެ.

އިލާން، ސީނިއާ ގައުމީ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވާން ފެށިއިރު، އޭނާ ވަނީ 14 އަހަރުން ދަށުގެ ލީގުގައި ކުޅުނު އަށް މެޗުން 35 ގޯލު ޖަަހައިފަ އެވެ. މިއީ ރާއްޖޭގެ ޔޫތު މުބާރާތެއްގައި ލަނޑު ޖެހުމުގެ އެންމެ ރަނގަޅު ރެކޯޑެވެ.

ގައުމީ ސީނިއާ ޓީމާ އެކު ޕްރެކްޓިސްކުރަން އިލާން އަށް ލިބުނު މި ފުރުސަތަކީ އެ އުމުރުގައި މީގެ ކުރިން ރާއްޖޭގެ ކުޅުންތެރިއަކަށް ލިބިފައިވާ ފުރުސަތެއް ނޫނެވެ. އިލާން ވަނީ މީގެ ކުރިން ރާއްޖޭގެ އުމުރު ފުރާތަކުގެ ޤައުމީ ޓީމަށް ކުޅެފައެވެ.

މި މަހުގެ 14 ވަނަ ދުވަހު މެލޭޝިއާ އާއި ދެކޮޅަށް އަދި 17 ވަނަ ދުވަހު ސިންގަޕޫރާއި ދެކޮޅަށް ސިންގަޕޫރުގައި ކުޅޭ ދެ މެޗަށް ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފެށިއިރު، ސީނިއާ ކުޅުންތެރިން ޓީމުގެ ފަރިތަކުރުންތަކުން ނުފެނެ އެވެ.

Copyright © 2024 Maldives Football