× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ފިލިޕީންސާއި އެއްވަރުވެ ރާއްޖެ އޭޝިއަން ކަޕްގެ ޕްލޭއޮފަށް

15 ޖޫން 2021

ޝާރުޖާ، ޔޫއޭއީ - ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގެ ގްރޫޕް އޭގެ ދެވަނަ ބުރުގައި ފިލިޕީންސް އާއި ދެކޮޅަސް ރާއްޖެ ކުޅުނު މެޗް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ އޭޝިއަން ކަޕް ޕްލޭއޮފަށް ރާއްޖެ ހިނގައްޖެ އެވެ.

މިރޭގެ މެޗުން މޮޅުވިނަމަ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ދިއުމުގެ ފުރުސަތު ރާއްޖެ އަށް އޮތެވެ. އެއީ ކޮލިފައިން ގްރޫޕްގެ ހަތަރު ވަނައިގައި ނިންމި ނަމަވެސް ހުރިހާ ގްރޫޕްތަކުގެ ހަތަރު ވަނައިގައި ނިންމާ ޓީމުތަކުގެ ތެރެއިން ގަދަ ހަތަރެއްގައި ހިމެނިގެންނެވެ. ރާއްޖެ ދެން ޖެހޭނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖަށް ވަންނަން ޕްލޭއޮފް ކުޅޭށެވެ.

ޔޫއޭއީގެ ޝާރުޖާ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުން ރާއްޖެ އެއްވަރުވުމާއެކު މި ގްރޫޕްގައި ކުޅުނު 8 މެޗުން ރާއްޖެއަށް ލިބިފައިވަނީ 7 ޕޮއިންޓާއެކު ގްރޫޕްގެ ހަތަރު ވަނައެވެ. އެއްވަނަ މަގާމް އެއްވެސް މެޗަކުން ބަލިނުވެ ސީރިޔާއަށް ލިބިފައިވަނީ މިހާތަނަށް ކުޅުނު 7 މެޗުން 21 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޗައިނާއަށް 7 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ގްރޫޕްގެ ފަހު މެޗްގައި މިރޭ ދެ މި ދެ ޓީމު ބައްދަލުކުރާއިރު ފަސްވަނަ އަށް ދިޔަ ގުއާމްއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އާއި ދެކޮޅަށް ޗައިނާ ކުޅުނު މެޗް 5-0 ގެ ނަތީޖާއަކުން ޗައިނާއިން ކާމިޔާބުކޮށް ކޮލިފައިންގެ ތިންވަނަ ބުރުގެ އުންމީދު އާކޮށްފި އެވެ.

ބަދަލުތަކަކާއެކު ފިލިޕީންސް އާއި ދެކޮޅަށް ރާއްޖޭގެ ޓީމުން ނިކުމެ މެޗްގައި ދިވެހި ޓީމުން ވަނީ ރަގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފްގައި ދިވެހި ޓީމުން ވަނީ ރީތި ކުޅުމެއް ދައްކާ ފިލިޕީންސްގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފައެވެ.

ރާއްޖޭގެ ޓީމުން ރަގަޅު ކުޅުމެއް ދައްކަމުންދަނިކޮށް މެޗްގެ 19 ވަނަ މިނިޓްގައި ފިލިޕީންސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ގެރާޑޯ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ ކީޕަރު ފައިސަލްގެ އަތުގައި ޖެހިފައެވެ.

ނަމަވެސް ރާއްޖޭގެ ޓީމުން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބުވެފައިވަނީ މެޗްގެ 25 ވަނަ މިނިޓްގައި އަލީ ފާސިރު ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފާސިރު މި ލަނޑު ކާމިޔާބުކޮށްފައިވަނީ ފިލިޕީންސްގެ ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށްފަހު ވަރަށް ރީއްޗަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗްގެ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ 14 މިނިޓް ފަހުން ކޯޗް މާޓިން ކޫޕްމަން ވަނީ އަލީ ހައިޝަމްގެ ބަދަލުގައި އިތުބާރު ފޯވަޑް އަލީ އަޝްފާގް ކުޅެން އަރުވާފަ އެވެ.

ދެވަނަ ހާފްގައި ފިލިޕީންސްއަށް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފައިވީ ނަމަވެސް ރާއްޖޭގެ ޑިފެންޑަރުން ވަނީ މެޗްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

Copyright © 2024 Maldives Football