× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ލީގުގެ ތިންވަނަ ބުރު ނުކުޅެ މާޒިޔާއަށް ޗެމްޕިއަންކަން

30 މޭ 2021

މާލެ، ދިވެހިރާއްޖެ - މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާ ކޮވިޑް-19ގެ ހާލަތު މިހާރު ރާއްޖޭގައި އޮތް ގޮތަށް ބެލުމަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރު ނުކުޅެ ލީގު ނިންމާލަން އެފްއޭއެމުން ނިންމުމުން ލީގުގެ ޗެމްޕިއަންކަން މާޒިޔާ އަށް ލިބިއްޖެ އެވެ.

ލީގުގައި މާޒިޔާ ކުޅުނު 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 19 ޕޮއިންޓާ އެކު ކްލަބް ގްރީން ސްޓްރީޓްސް އެވެ. ހަތަރުވަނަ 17 ޕޮއިންޓާއެކު އީގަލްސްއަށް ލިބިފައިވާއިރު ފަސްވަނައިގައި އޮތީ 16 ޕޮއިންޓާއެކު ދަ ގްރާންޑޭ ސްޕޯޓްސް އެވެ. ހަ ވަނައިގައި 15 ޕޮއިންޓާ އެކު ސަސް އޮތްއިރު ހަތް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 14 މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. ތާވަލުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.

ލީގު ޗެމްޕިއަންކަން މާޒިޔާއަށް ލިބުމާއެކު އެޓީމަށް ވަނީ އަންނަ ސީޒަނުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފަ އެވެ. އަދި އޭއެފްސީ ކަޕްގެ ކޮލިފައިންގެ ފުރުސަތު ލިބޭނީ ލީގުގެ ދެވަނައިގައި އޮތް ކްލަބް ވެލެންސިއާއަށެވެ. އެއީ މި ފަހަރުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވެސް ކެންސަލްކުރުމުގެ ސަބަބުންނެވެ.

Copyright © 2024 Maldives Football