× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ކްލަބްތަކުގެ ފަރިތަކުރުންތައް ފެށުމުގެ ހުއްދަ އެޗްޕީއޭ އިން ދީފި

26 ފެބުރުއަރީ 2021

މާލެ، ދިވެހިރާއްޖެ - މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ކޭސްތައް ގިނަވެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މި ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ދިރާގު ދިވެހި ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމަށްފަހު، އާ ގައިޑްލައިނެއްގެ ދަށުން ފުޓްބޯޅަ ކްލަބްތަކުގެ ޕްރެކްޓިސްތައް ފެށުމުގެ ހުއްދަ އެޗްޕީއޭ އިން އިއްޔެ ދީފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެޑްރެސްކޮށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އިއްޔެ ފޮނުއްވި ސިޓީގައިވާ ގޮތުން އެފްއޭއެމާއި އެޗްޕީއޭ މަޝްވަރާކުރެވިގެން ތައްޔާރުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ކްލަބްތަކުގެ ފަރިތަކުރުންތައް ކުރިއަށްގެންދިއުން ރަނގަޅު ކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެޗްޕީއޭ އިން ވަނީ އެފްއޭއެމްގެ ކިބައިން ޕްރެކްޓިސް ފެށުން އަދިވެސް ލަސްކުރެވެން އޮތް ނަމަ އެ ގޮތަށް އަމަލުކުރަން އެދިފަ އެވެ.

"ކޮވިޑް-19ގެ ކޭސްތައް މިހާރު ގިނަވެފައިވުމާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އެޅިފައިވުމާ އެކު އަދި 2 ހަފްތާއެއްހާ ދުވަހު ތަމްރީންތައް ފެށުން މަޑުޖައްސާލުމަކީ މި އެޖެންސީގެ އެދުމެކެވެ،" އެޗްޕީއޭ އިން ފޮނުވި ސިޓީގައިވެ އެވެ.

ދިވެހި ލީގުގެ ކުޅުން މެދުކަނޑާލުމުން އަވަހަށް ލީގު ފެށުމުގެ ގޮތުން ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މިހާޜު ކޮވިޑް ވެކްސިން ޖަހައިފަ އެވެ.

Copyright © 2024 Maldives Football