× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ނާދުގެ ބަދަލުގައި ސަސްގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި

19 ޖެނުއަރީ 2021

މާލެ، ދިވެހިރާއްޖެ - ކްލަބް އީގަލްސްގެ ކޯޗުކަމުން ވަކިވި މުހައްމަދު ޝިޔާޒް (މޯހަން) މި ފަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށްވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗުކަމާ މިއަދު ހަވާލުވެއްޖެ އެވެ.

އޭއެފްސީ ޕްރޯ ލައިސަންސް އޮންނަ މޯހަން ކްލަބް އީގަލްސްގެ ކޯޗް ކަމުން މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދިނުމަށްފަހު ސަސްގެ ކޯޗް ކަމާއި ހަވާލުވެފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ފުރަތަމަ ޑިވިޝަނަށް އަލަށް ތައާރަފްވި ސަސްއިން މި ސީޒަނާއި ކުރިމަތިލާފައިވަނީ އަހުމަދު ނާޝިދު (ނާދު) ގެ އިރުޝާދުގެ ދަށުންނެވެ. ނާޑުގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ހަ މެޗުން އެ ޓީމަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. ހަ މެޗްގެ ތެރެއިން ސަސް މޮޅުވެފައިވަނީ ކްލަބް އީގަލްސް އަތުންނެވެ. މާޒިޔާ އަތުން ބަލިވެފައިވާއިރު ހަތަރު މެޗުން ވަނީ އެއްވަރުވެފައެވެ.

ކްލަބް އީގަލްސްގައި މިދިޔަ ދެ އަހަރު މަސައްކަތްކުރިއިރު މޯހަން ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ލީގުގެ ދެ ވަނަ ހޯދައިދީފަ އެވެ. އަދި މި އަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މާޒިޔާ ބަލިކޮށް ކްލަބް އީގަލްސްއިން ވަނީ ކާމިޔާބުކޮށްފަ އެވެ. އީގަލްސް އިން މޯހަންގެ ކޯޗުކަމުގައި މި ފަހަރު ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ލީގުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަތުންނެވެ. އަނެއް ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވިއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.

Copyright © 2024 Maldives Football