× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ކޮލިފައިން މެޗްތައް އޮކްޓޯބަރ މަހު ފެށުމަށް އޭއެފްސީން ނިންމައިފި

06 ޖޫން 2020

ކުއަލަ ލަމްޕޫރު، މެލޭޝިއާ - މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ސަބަބުން ފަސްކުރެވިވައިވާ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަށަން އޭއެފްސީން ނިންމައިފި އެވެ.

އޭއެފްސީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮލިފައިން މެޗްތައް އަލުން ފަށަން ނިންމާފައިވަނީ މެމްބަރު އެސޯސިއޭޝަންތަކާ އެކު ބޭއްވުނު ބައްދަލުވުންތަކަށް ފަހު ފީފާގެ މަޝްވަރާއާއިއެކު ކަމަށާއި އެގޮތުން މެޗުތައް އޮންނާނީ އޮކްޓޫބަރާއި ނޮވެމްބަރު މަހުގަ އެވެ.

"އޭއެފްސީން ދާނީ ވަރަށް ރަނގަޅަށް ހާލަތު މޮނިޓާކުރަމުން. ސަލާމަތީ ހުރިހާ ކަމަކަށް ވިސްނާނަން. ޓީމު ތަކުގެ އޮފިޝަލުންނާއި ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންގެ ސަލާމަތާއި އަދި ދަތުރު ފަތުރުގައި ހުރި ކަންތައްތަކާއި ގައުމުތަކުގެ ސަރުކާރުތަކުން ނިންމާ ނިންމުންތަކަށް ވެސް ބަލަން ޖެހޭ." އޭއެފްސީގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ގައުމީ ޓީމު ކޮލިފައިންގައި އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އޮކްޓޫބަރު 8 ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. މި މެޗަކީ ކުރިން މާޗް 26 ވަނަ ދުވަހު ކުޅެން ރޭވި މެޗެކެވެ. އެއަށްފަހު އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު މާލޭގައި ސީރިޔާ އާއި ދެކޮޅަށް ކުޅޭނެއެވެ. ކޮލިފައިންގެ ފަހު މެޗުގައި ނޮވެމްބަރު މަހު 17 ވަނަ ދުވަހު ރަށުންބޭރުގައި ރާއްޖެ ބައްދަލުކުރާނީ ފިލިޕީންސާ އެވެ.

Copyright © 2024 Maldives Football