× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ވިކްޓަރީ އަތުން ޔުނައިޓެޑް ވިކްޓަރީ އަށް ފަސޭހަ މޮޅެއް

20 ޖޫން 2019

މާލެ، ދިވެހިރާއްޖެ - ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗް ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓަރީ ކާމިޔާބުކޮށްފި އެވެ.

ލީގުގެ ދެވަނަ މެޗަށް މި ދެ ޓީމުން ނިކުތްއިރު ފުރަތަމަ މެޗްގައި ދެ ޓީމުވެސް ވަނީ ބަލިވެފައެވެ. އެގޮތުން ޓީސީ އަތުން ވިކްޓަރީ 4-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު ޔުނައިޓެޑް ވިކްޓަރީ ވަނީ 2-1 ގެ ނަތީޖާއަކުން ފޯކައިދޫ އަތުން ބަލިވެފައެވެ.

މިރޭގެ މެޗްގެ 8 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީ އަށް ލިބުނު ހިލޭ ޖެހުމަކުން މިލޮސް ކޮވަސެވިޗް ވަނީ ވިކްޓަރީގެ ގޯލު ހުޅުވާލަފައެވެ.

މި ލަނޑަށްފަހުވެސް ޔުނައިޓެޑް ވިކްޓަރީ އަށް ވަނީ ނަތީޖާ ބަދަލު ކުރުމަށްފަހު ފުރަތަމަ ހާފްގައި ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ޔުނައިޓެޑް ވިކްޓަރީން ފޮނުވާލި ހަމަލަތައް ވިކްޓަރީގެ ކީޕަރު އަހުމަދު މުހައްމަދު ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗްގައި ޔުނައިޓެޑް ވިކްޓަރީން ޖެހި ދެވަނަ ލަނޑު މެޗްގެ 53 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑިމިޓްރީ ކްލަބަސެލާއު އެވެ. އޭނާ މި ލަނޑު ޖެހީ ކޯނަރަކުން ހުރަސްވި ބޯޅައަކުންނެވެ. ޔޫވީގެ ތިން ވަނަ ގޯލް 67 ވަނަ މިނެޓުގައި ކާމިޔާބުކުރީ އިސްމާއިލް ޝަފީއު އެވެ. ނާވީ މުހައްމަދު ދިން ބޯޅަ އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް އެއް ފަހަރުން ޖަހައި ޝަފީއު ވައްދާލީ ގޯލުގެ މަތީ ކަނަށެވެ.

މި މެޗްގައި ޔުނައިޓެޑް ވިކްޓަރީން ޖެހި ހަތަރު ވަނަ ލަނޑު 86 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޑިމިޓްރީ އެވެ.

މެޗްގެ 87 ވަނަ މިނިޓްގައި އިސްމާއިލް ޝަފީއު ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ރަތް ކާޑެއް ދައްކާ އޭނާ ދަނޑުން ފޮނުވާލާފައެވެ.

Copyright © 2024 Maldives Football