× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ބަކާ އީގަލްސް ދޫކޮށް ގްރީން ސްޓްރީޓްސް އަށް

12 މޭ 2019

މާލެ، ދިވެހިރާއްޖެ - ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް މިޑްފީލްޑަރު ކަމުގައިވާ މުހައްމަދު އާރި (ބަކާ) އީގަލްސް ދޫކޮށް ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅެން ސޮއިކޮށްފި އެވެ.

އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ކްލަބް ގްރީން ސްޓްރީޓްސް ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނާއި ކުރިމަތިލާއިރު އެ ޓީމަކީ މި ސީޒަނަށް އެންމެ ވަރުގަދައަށް ތައްޔާރުވާ އެއް ޓީމެވެ. އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި އަލީ އަޝްފާގް، މުހައްމަދު އުމެއިރު، އަސްއަދު އަލީ ފަދަ ކުޅުންތެރިން ހިމެނެއެވެ.

ބަކާ ގްރީން ސްޓްރީޓްސް އަށް ބަދަލުވުމާއެކު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކުރި ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް އެ ޓީމުން މި ސީޒަނުގައި ފެނިގެންދާނެ އެވެ.

Copyright © 2024 Maldives Football