× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އަމިއްލަ ދަނޑުގައި ޗެލްސީ އާއި ފުލަމް އެއްވަރު

04 ފެބުރުއަރީ 2023

ލަންޑަން، އިނގިރޭސިވިލާތް - އިނގިރޭސި ރެކޯޑް ޓްރާންސްފާއެެއްގައި މިދިޔަ މަހު ޗެލްސީ އަށް ގެނައި، އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް، އެ ޓީމުގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ޗެލްސީން ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.

މި މެޗު އެއްވަރުމާއެކު ޗެލްސީ އޮތީ ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުން 30 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ. ފުލަމް އޮތީ 22 މެޗުން 32 ޕޮއިންޓް ހޯދައިގެން ހަ ވަނައިގަ އެވެ. މި ނަތީޖާއާއިއެކު ގަދަ ހަތަރެއްގެ ފުރުސަތެއް ހޯދުމަށް ޗެލްސީން ކުރަމުން އަންނަ މަސައްކަތަށް އިތުރު ދަތިތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ.

ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހަމަލާ ފުލަމްގެ އަންޑްރެއަސް ޕްރެއިރާ ފޮނުވާލިއިރު ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ. 

އަދި މެޗުގެ ފުރަތަަމަ ހާފުގައި ޗެލްސީ އަށް ލީޑުނަގައިދޭން ކައި ހަވާޓްޒް އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް ފުލަމްގެ ކީޕަރު ބާން ލޭނޯ ބޯމަތިން އޮއްސާލަން ހަވާޓްޒް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ނިމިދިޔަ ޓްރާންސްފާ ގައި ޗެލްސީ އާއި އަލަށް ގުޅުނު ފަސް ކުޅުންތެރިން ވަނީ ރޭގެ މެޗުގައި ކުޅެފައެވެ. އޭގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިނގިރޭސި ވިންގް، ނޯނީ މަޑުއޭކޭވަނީ ރަގަޅު ކުޅުމެއް ދައްކާފައެވެ.

Copyright © 2024 Maldives Football