× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ފައިނަލް ސްކޮޑާއެކު ގައުމީ ޓީމު ދުބާއީގައި ކޭމްޕް ކޮށްފި

22 މޭ 2021

މާލެ، ދިވެހިރާއްޖެ - ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގގެ މެޗްތަކަށް ޗައިނާއަށް ދިއުމުގެ ކުރިން ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށްޓަކަށް ގައުމީ ފުޓްބޯޅަ ޓީމު މިއަދު ދުބާއަށް ފުރައިފިއެވެ. ކޮލިފައިންގެ މެޗްތައް ޗައިނާގައި ކުރިއަށްދާނީ މި މަހު 30 އިން އަންނަ މަހު 15 އަށް ސެންޓްރަަލައިޒްކޮށެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މި ވަގުތު ރާއްޖޭގައި ޕްރެކްޓިސް ކުރެވޭނެ ގޮތެއް ގައުމީ ޓީމަށް ނެތުމުގެ ސަބަބުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ހޮޓެލް ޖެންގެ ބޯލް ރޫމުގަ އެވެ.

ކޮލިފައިންގ މެޗްތަކަށް 23 ކުޅުންތެރިންގެ ސްކޮޑެއް ކޯޗް މާޓިން ކޫޕްމަން ފައިނަލްކޮށްފައިވާއިރު، ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު ނަމަވެސް އަމިއްލަ ސަބަބުތަކާއި ކޮވިޑް އަށް ޕޮޒިޓިވްވެގެން ވެސް ބައެއް ކުޅުންތެރިން ވަނީ ޓީމާ ވަކިވެފަ އެވެ. އަދި ކޮވިޑުން ރަނގަޅުވެ ގައުމީ ޓީމާ ގުޅުނު ދެ ކުޅުންތެރިންނަކީ މާޒިޔާގެ ހަމްޒާ މުހައްމަދު އާއި ހުސެއިން ނިހާން އެވެ.

ކޮލިފައިންގ އަށް ނެގި ފައިނަލް ސްކޮޑް

ގޯލްކީޕަރުން: މުހައްމަދު ފައިސަލް (ވެލެންސިއާ)، މުހައްމަދު ޝަފީއު (ވެލެންސިއާ)، އަލީ ނާޖިހު (ޔުނައިޓެޑް ވިކްޓްރީ)، ހުސެއިން ޝަރީފް (މާޒިޔާ)

ޑިފެންޑަރުން: ސަމޫހު އަލީ (މާޒިޔާ)، އަކުރަމް އަބްދުލް ގަނީ (ވެލެންސިއާ)، އަލީ ޝަމާލް އަބްދުﷲ (ޔުނައިޓެޑް ވިކްޓްރީ)، އަލީ ޝާމިސް (ޓީސީ ސްޕޯޓްސް ކްލަބް)އަހުމަދު ނޫމާން (އީގަލްސް)، ހުސެއިން ސިފާއު (އީގަލްސް)، ހައިޝަމް ހަސަން (އީގަލްސް)، މުހައްމަދު ސާއިފް (ގްރީން ސްޓްރީޓްސް)

މިޑްފީލްޑަރުން: އިމްރާން ނަޝީދު (އީގަލްސް)، މުހައްމަދު އިރުފާން (މާޒިޔާ)، އަލީ ފާސިރު (ވެލެންސިއާ)، މުހައްމަދު ނާއިމް (އީގަލްސް)، އިބްރާހިމް އައިޝަމް (މާޒިޔާ)، މުހައްމަދު އުމެއިރު (މާޒިޔާ)، ހުސެއިން ނިހާން (މާޒިޔާ)، ހަމްޒާ މުހައްމަދު (މާޒިޔާ)

ފޯވާޑުން: އަލީ އަޝްފާގު (ވެލެންސިއާ)، އަސަދުﷲ އަބްދުﷲ (މާޒިޔާ)، އިބްރާހިމް މަހުދީ (މާޒިޔާ)، އަލީ ހައިޝަމް (ޔުނައިޓެޑް ވިކްޓްރީ)، ހަސަން ނަޒީމް (ގްރީން ސްޓްރީޓްސް)

Copyright © 2024 Maldives Football