× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އޭއެފްސީ ކަޕްގެ ގްރޫޕް ޑީ ގެ މެޗްތައް ރާއްޖޭގައި

01 މާރޗް 2021

މާލެ، ދިވެހިރާއްޖެ - މި އަހަރުގެ އޭއެފްސީ ކަޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި ކުޅެން ނިންމާ، ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް ކަމުގައިވާ ގްރޫޕް ޑީގެ މެޗުތައް އަންނަ މެއި މަހު ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑް ކާމިޔާބުކޮށްފި އެވެ.

ރާއްޖޭން މި ފަަހަރުގެ އޭއެފްސީ ކަޕް ބިޑް ކާމިޔާބުކުރީ ސަރަހައްދީ ގަދަ ބާރެއް ކަމުގައިވާ އިންޑިއާއާ ވާދަކޮށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މާޒިޔާ ހިމެނޭ ގޮތަށް ކުޅެވޭ އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ހޯސްޓްކުރުމުގެ ފުރުސަތު ލިބިފައިވާ ކަަމަށާއި އަދި ކޮލިފައިން ބުރު ފަހަނައަޅައި ރާއްޖޭގެ އީގަލްސް ވެސް ގްރޫޕް ސްޓޭޖުގައި ވާދަކުރުމަކީ އުންމީދުކުރާ ކަމެއް ކަމަށް ބައްސާމް ވިދާޅުވި އެވެ.

ދެކުނު އޭޝިއާގެ ގްރޫޕް ޑީ ގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގަން އަދި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. ބާކީ އޮތް ޖާގަ ލިބޭނީ ކޮލިފައިން ބުރުގައި އިންޑިއާގެ ބެންގަލޫރާއި ރާއްޖޭގެ އީގަލްސް އަދި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވާދަކޮށްގެން މޮޅުވާ ޓީމަކަށެވެ.

މާލޭގައި ކުރިއަށްދާ ގޮތަށް ހަމަޖެހުނު ގްރޫޕް ސްޓޭޖުގެ މެޗުތައް ތާވަލުކޮށްފައިވަނީ މެއި މަހު 14 އިން 20 ވަނަ ދުވަހަށެވެ.

Copyright © 2024 Maldives Football