× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ފުރަތަމަ ޑިވިޝަނުގެ ފުރަތަމަ މެޗް ސަސް އިން ކާމިޔާބުކޮށްފި

13 ޑިސެމްބަރ 2020

މާލެ، ދިވެހިރާއްޖެ - ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗް 1-0 ގެ ނަތީޖާއަކުން ކްލަބް އީގަލްސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް ފަހަތުން އަރާ 3-2 އިން މާޒިޔާ ބަލިކުރުމަށްފަހު އީގަލްސް އިން ލީގުގެ ފުރަތަމަ މެޗަށް ނިކުތީ ވަރަށް ބޮޑު އިތުބާރަކާއެކުގައެވެ. މެޗް ފެށުނީއްސުރެ އީގަލްސްއިން ވަނީ މި މެޗްގައި މޮޅު ކުޅުމެއް ދައްކާ ސަސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މި މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 11 ވަނަ މިނިޓްގައި ސަސް އަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމަށް ކުޅޭ ސްޕޭނުގެ ފޯވަޑް ވިކްޓަރ ރޮޑްރިގޭޒް މުނޯޒް އެވެ.

ސަސް އަށް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ހިފާ އެ ޓީމުން ފުރަތަމަ ހާފްގެ ކުރީކޮޅު ލަނޑެއް ކާމިޔާބުކުރި ނަމަވެސް މެޗްގެ ދެވަނަ ހާފްގައިވެސް ކްލަބް އީގަލްސް އިން ވަނީ ދެވަނަ ހާފްގައިވެސް ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މި މެޗްގައި ސަސްގެ ކީޕަރު އުޒްބެކިސްތާން ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ލީގުގައި މާދަމާވެސް ދެ މެޗް ކުޅޭނެ އެވެ. އެ ގޮތުން ހަވީރު ދަ ގްރާންޑޭ އާއި ޓީސީ ބައްދަލުކުރާއިރު ރޭގަނޑު ކުޅޭ މެޗްގައި ކްލަބް ގްރީސް ސްޓްރީޓްސް ނިކުންނާނީ ކްލަބް ވެލެންސިއާ އާއި ދެކޮޅަށެވެ.

Copyright © 2024 Maldives Football