× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ވޯލްޑް ކަޕް ކޮލިފައިންގ މެޗްތައް ފަސްކޮށްފި

10 މާރޗް 2020

ކުއަލަ ލަމްޕޫރު، މެލޭޝިއާ - އޭޝިއާގެ މެމްބަރ ގައުމުތަކާއި މަޝްވަރާ ކުރުމަށްފަހު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އާއި އޭއެފްސީ އިން ވޯލްޑް ކަޕް ކޮލިފައިން އަދި އޭޝިއަން ކަޕް ކޮލިފައިންގެ މެޗްތައް ފަސްކޮށްފި އެވެ. އެގޮތުން ލަސްކޮށްފައިވަނީ ތިރީގައި މިވާ ދުވަސްތަކުގައި ކުޅޭ މެޗްތަކެވެ.

- ލަސްކޮށްފައިވަނީ ފީފާ އިންޓަނޭޝަނަލް ވިންޑޯ ގައި ކުޅެން ހަމަޖެހިފައިވާ މެޗްތައް

- 23-31 މާޗް 2020 އަދި 1-9 ޖޫން 2020 ގައި ކުޅެން ހަމަޖެހިފައިވާ މެޗްތައް

- ފަސްކުރި މެޗްތަކާއި ގުޅޭ ގޮތުން ފީފާ އާއި އޭއެފްސީ އިން އިތުރަށް މަޝްވަރާ ކުރާނެ

ނަމަވެސް މެމްބަރ ގައުމުތަކުގެ ކަންބޮޑުވުންތަކާއި އަދި ހުރިހާ ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ފީފާގެ މިންގަނޑުތަކާއި އެއްގޮތްވެ، މެމްބަރު ޤައުމުތަކުން އެއްބަސްވާނަމަ ފަސްކުރެވުނު މެޗްތައް ފީފާގެ މެޗްތައް ރޭވިފައިވާ ދުވަސްތަކާއި ދިމާކޮށް ކުޅެވިދާނެކަމަށް ފީފާއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮލިފައިންގް މެޗްތައް ފީފާއިން ފަސްކޮށްފައިވަނީ މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެންނެވެ. ޗައިނާ އިން ޑިސެމްބަރު މަހު ފެނުނު ބަލި ދުނިޔޭގެ 115 ގައުމަކަށް ފެތުރިފައިވާއިރު ރާއްޖެއިން ވެސްވަނީ މި ބަލި ޖެހިފައިވާ 6 މީހަކު ފެނިފައެވެ. މި ބަލި ޖެހިފައިވާ 114،422 މީހުން މިއަދާއި ހަމައަށް ފެނިފައިވާއިރު މި ބަލީގައި މިހާތަނަށްވަނީ ހަތަރު ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

Copyright © 2024 Maldives Football