× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ރިޒޭގެ 10 ގޯލާއެކު ވިލިމާލެ އަތުން އީގަލްސް މޮޅުވެ ސެމީއަށް

07 މާރޗް 2020

މާލެ، ދިވެހިރާއްޖެ - އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ވިލިމާލެ ޔުނައިޓެޑް 12 އިން ބަލިކޮށް ކްލަބް އީގަލްސް ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ. މި މެޗްގައި އީގަލްސްއިން ޖެހި 12 ލަނޑުގެ ތެރެއިން 10 ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި އީގަލްސް އާއި ދެކޮޅަށް މި މަހުގެ 16 ވަނަ ދުވަހު ނިކުންނާނީ ކްލަބް އޭދަފުށި އަތުން 13-0 އިން މޮޅުވި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި ސެމީގެ ދެވަނަ މެޗްގައި ގްރީން ސްޓްރީޓްސް އަތުން ޕެނަލްޓީ ޖަހައިގެން 8-7 މޮޅުވި މާޒިޔާ ނިކުންނާނީ ފޯކައިދޫ އަތުން 3-0 އިން މޮޅުވި ދަ ގްރާންޑޭ އާއި ދެކޮޅަށެވެ.

ރޭ ތިން ހެޓްރިކް ހެދި ރިޒޭ އަކީ ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ހެޓްރިކް ހެދުމުގެ ރެކޯޑްވެސް އޮތް ކުޅުންތެރިޔާ އެވެ. އެގޮތުން އޭނާ ވަނީ 2018 ވަނަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދާފައެވެ.

ވިލިމާލެ ޔުނައިޓެޑް ކޮޅަށް ރިޒޭ ޖެހި 10 ގޯލާއެކު އޭނާ ވަނީ މި އަހަރުގެ ސީޒަނުގައި މިހާތަނަށް 37 ގޯލު ކާމިޔާބުކޮށް ލަނޑު ލިސްޓުގެ ކުރި ހޯދާފައެވެ.

Copyright © 2024 Maldives Football