× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ޖޭޖޭ ބަލިކޮށް ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނަށް

15 ފެބުރުއަރީ 2020

މާލެ، ދިވެހިރާއްޖެ - ދިވެހި ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ކްލަބް ވެލެންސިއާ އަލުން ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ހޯދައިފި އެވެ.

ވެލެންސިއާ އިން ފުރަތަމަ ޑިވިޝަނުގެ ޖާގައެއް އަލުން ހޯދާފައިވަނީ ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި ރޭ ޖޭޖޭ ސްޕޯޓްސް އާއި ދެކޮޅަށް ކުޅުނު މެޗް 3-2 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗްގެ ވަރަށް ކުރީކޮޅު ޖޭޖޭ ސްޕޯޓްސްގެ އަލީ ނާފިއު ލަނޑެއް ޖަހާ ކުރިހޯދި ނަމަވެސް ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ވެލެންސިއާގެ ހުސެއިން ނިޔާޒް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗްގެ ދެވަނަ ހާފްގައި ޖޭޖޭ އަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުން ނުހިފިވަނިކޮށް ވެލެންސިއާގެ ބިދޭސީ ފޯވަޑް އައިރީ ސަމުއެލް ވަނީ ފަސް މިނިޓް ތެރޭގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ޖޭޖޭ އިން މި މެޗްގައި ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނާފިއު އެވެ.

ވެލެންސިއާގެ އިތުރުން ދެވަނަ ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ލިބިފައިވަނީ ކްލަބް ޕީކޭގެ މައްޗަށް 2-1އިން ކުރި ހޯދައިގެން ސުޕަ ސްޕަ ސްޕޯޓްސް ޔުނައިޓެޑް އެވެ.

ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެ ޓީމަށް ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭގޮތްވީ ސަސްޕެންޝަނުގެ ސަބަބުން ނިއު ރޭޑިއަންޓާއި ވިކްޓްރީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުންނެވެ. ގަވާއިދުގައި ކުރިން އޮތް ގޮތުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ވާދަކުރާ ދެ ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް އަންނަ ގޮތަށެވެ.

Copyright © 2024 Maldives Football