× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

މާޒިޔާ 13-0 ނިލަންދޫ: މާޒިޔާ އަށް ތާރީހީ މޮޅެއް

26 ޖޫން 2019

މާލެ، ދިވެހިރާއްޖެ - ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތާރީހުގައި ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާއިން ނިލަންދޫ ބަލިކޮށް މާޒިޔާ އިން އެ ޓީމުގެ ފެންވަރު ދައްކާލައިފި އެވެ. ނިލަންދޫ ކޮޅަށް 13 ލަނޑު މާޒިޔާ އިން ރޭ ޖެހިއިރު އެ ޓީމުގެ އިބްރާހިމް ވަހީދު ހަސަން 5 ލަނޑު އަދި އަސަދުﷲ އަބްދުﷲ ވަނީ ހެޓްރިކެއް ހަދާފައެވެ.

2015 ވަނަ އަހަރު ރިބްރޭންޑްކޮށް ފެށި ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނެރެފައިވަނީ އޮކްޓޯބަރ 1، 2018 ގައި ފެހެންދޫ އާއި ދެކޮޅަށް ނިއު ރޭޑިއަންޓް އިން ކުޅުނު މެޗެވެ. މި މެޗް ނިއު އިން ކާމިޔާބުކޮށްފައިވަނީ 11-0 އިންނެވެ.

ރޭގެ މެޗްގެ ތިންވަނަ މިނިޓްގައި މާޒިޔާ އިން ވަނީ ނިލަންދޫގެ ގޯލު ހުޅުވާލާފައެވެ. ރާއްޖޭގައި މިވަގުތު ތިބި އެންމެ ހަލުވ އަދި އެންމެ މޮޅު ކުޅުންތެރިން ހިމެނޭ މާޒިޔާ އަށް މި މެޗްގައި ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ފަސް ލަނޑު ކާމިޔާބުކުރި އިބްރާހިމް ވަހީދު ހަސަން އާއި ހެޓްރިކެއް ހަދާފައިވަނީ ކެޕްޓަން އަސަދުﷲ އަބްދުﷲގެ އިތުރުން ދެ ލަނޑު ޖެހި ނާއިޒް ހަސަން އެވެ. މީގެ އިތުރުން މޫސާ ޔާމީން އާއި ހަސަން ޝިފާޒްގެ އިތުރުން ސަމޫހު އަލީ ވަނީ ލަނޑެއް ޖަހާ ލަނޑު ލިސްޓުން ޖާގަ ހޯދާފައެވެ.

މި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް މަރްޔާން ސެކުލޯސްކީ ބުނީ މި މެޗްގައި ޓީމުގެ ފަރާތުން ފެނިގެންދިޔަ ޕްރޮފެޝަނަލިޒަމާއިމެދި ހިތްހަމަޖެހޭ ކަމަށެވެ.

"ހުރިހާ ކުޅުންތެރިންނަށްވެސް މަރުހަބާ ކިޔަން. ބައެއް ފަހަރު އެއް ގޯލުންވެސް ފުދޭނެ އަނެއް ބައި ފަހަރު 15 ގޯލުންވެސް ނުފުދިދާނެ. މިރޭގެ މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ އެޕްރޯޗާއިމެދު ހިތްހަމަޖެހޭ." ސެކުލޯސްކީ ބުންޏެވެ.

Copyright © 2024 Maldives Football