× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ފަހު ވަގުތު އީގަލްސް އަތުން ޓީސީ ސަލާމަތްވެއްޖެ

21 ޖޫން 2019

މާލެ، ދިވެހިރާއްޖެ - ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް އީގަލްސް އާއި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ބައްދަލުކުރި މެޗް 1-1 ގެ ނަތީޖާ އަތުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.

މިރޭގެ މެޗަށް މި ދެ ޓީމު ނިކުތްްއިރު މިއީ އީގަލްސްގެ ފުރަތަމަ މެޗެވެ. ނަމަވެސް ޗެރިޓީ ޝީލްޑްގައި ކުޅުނު ދެ މެޗާއިއެކު މިއީ ޓީސީގެ ހަތަރުވަނަ މެޗެވެ. މި މެޗަށް ނިކުތްއިރު ލީގުގެ ފުރަތަމަ މެޗްގައި ޓީސީގެ ބިދޭސީ ކުޅުންތެރިންނަށް ނުކުޅެވުނު ނަމަވެސް މިރޭގެ ފުރަތަމަ އެގާރާގައި އެ ކުޅުންތެރިން ވަނީ ހިމަނާފައެވެ.

މި މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އީގަލްސްގެ އަލީ ފާސިރު އަށް ލިބުނު ދެ ހަމަލައެއް ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން ޓީސީއަށް ކުޅޭ ނޭޕަލްގެ ބިމަލް އަށް ވަނީ ނަތީޖާ ބަދަލުކުރެވޭ ފަދަ ފުރުސަތުތަކެއް ލިބިފައެވެ.

މެޗްގެ 82 ވަނަ މިނިޓްގައި އީގަލްސްގެ އަލީ ފާސިރު ލަނޑެއް ޖަހާ އެ ޓީމަށްވަނީ ކުރި ހޯދަދީފައެވެ. އަދި އޭގެ މިނިޓެއް ފަހުން އޭނާ އަށްވަނީ ލީޑު ފުޅާ ކުރާނެ ރަގަޅު ފުރުސަތެއްވެސް ލިބިފައެވެ.

ނަމަވެސް މެޗްގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނިޓްގެ ތެރޭގައި ޓީސީގެ ބިމަލް ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ސާމިރު ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

Copyright © 2024 Maldives Football