× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ފުރަތަމަ ލެގްގައި ފޯކައިދޫން ޓީސީ ހިފަހައްޓައިފި

07 ޖޫން 2019

ފޯކައިދޫ، ދިވެހިރާއްޖެ - މި އަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗްގެ ފުރަތަމަ ލެގްގައި ފޯކައިދޫ އާއި ޓީސީ ސްޕޯޓްސް ކުޅުނު މެޗް 1-1 އިން އެއްވަރުވެއްޖެ އެވެ.

ދިވެހި ފުޓްބޯޅައިގެ ދިގު ތާރީޚުގައިވެސް އަލަށް ހޯމް އެންޑް އަވޭ އުސޫލުން އެންމެ މަތީ ފަންތީގެ މެޗެއް ކުޅެވިގެންދިޔައިރު ދެވަނަ ލެގް އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައެވެ. ފޯކައިދޫ އަށް މި މެޗްގެ ދައުވަތު ލިބުނީ މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ތ. ތިމަރަފުށްޓަށް ލިބުނު ފުރުސަތު އެ ޓީމުން ދޫކޮށްލުމުންނެވެ. މެޗުގެ ފުރުސަތު ތިމަރަފުށިން ދޫކޮށްލީ ދަނޑު ތައްޔާރުނުވާތީ އާއި ޓީމު ވެސް އެކުލެވިފައިނުވާތީ ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ.

މެޗްގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައިނުވާއިރު، ފޯކައިދޫ އަށް ވަނީ ނަތީޖާ ބަދަލު ކުރުމަށް ރަގަޅު ދެ ފުރުސަތެއް ލިބިފައެވެ.

މެޗްގެ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ޓީސީން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ބަދަލުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިސްމާއިލް އީސާ އެވެ.

ޓީސީގެ މި ލަނޑަށްފަހު ފޯކައިދޫން ވަނީ ޓީމަށް ބަދަލުތަކެއް ގެނެސް އެ ޓީމުގެ ކުޅުން ވަނީ ރަގަޅުކޮށްފަ އެވެ. ފޯކައިދޫން މެޗްގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ހުސެއިން ފަޒީލް އެވެ.

Copyright © 2024 Maldives Football