× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ފާސިރު އެންމެ ފަހުން އީގަލްސް އަށް

29 މޭ 2019

މާލެ، ދިވެހިރާއްޖެ - ގައުމީ ޓީމާއި ނިއު ރޭޑިއަންޓްގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ކްލަބް އީގަލްސް އަށް ކުޅެން ނިންމާ އެ ކްލަބަށް ސޮއި ކޮށްފި އެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ސެންޓޭ އީގަލްސް އާއި ގުޅުނުކަން އިއުލާން ކުރުމަށްފަހު ފޭސްބުކްގައި ބުނެފައިވަނީ އޭނާ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ އަށް ތައާރަފްވި ކްލަބާއި ގުޅިފައިވާ ކަމަށާއި އަދި ފާއިތުވެދިޔަ ދުވަސްތަކުގައި ނިއު ރޭޑިއަންޓްގެ ސަޕޯޓަރުން ބެހެއްޓި ގާތް ކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މިދިޔަ ސީޒަނުގައިވެސް ވަރުގަދަކޮށް ފެނުނު އީގަލްސް އާއި ސެންޓޭ ގުޅުމާއިއެކު އެ ޓީމު އިތުރަށް ވަރުގަދަ ވެގެންދާނެއެވެ. ޙާއްސަކޮށް އެ ޓީމުގެ އެ ޓޭކްގައި މިހާރު ތިބި އަހުމަދު ރިޒުވާން އާއި ހަސަން ރާއިފް އަދި މުހައްމަދު ނާއިމް އާއިއެކު ސެންޓޭ ފެނިގެންދާކަމީ އެ ޓީމުގެ އެޓޭކް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެކެވެ.

މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ތައްޔާރުވާ އީގަލްސް އަށް އަލަށް ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ކުރީގެ ކެޕްޓަން އިމްރާން ނަޝީދުގެ އިތުރުން ހިސާމް ސަލީމް ހިމެނެއެވެ.

Copyright © 2024 Maldives Football