ރިލްވާން ގްރީން ސްޓްރީޓްސް އަށް ސޮއިކޮށްފި
ރިލްވާން އޭއެފްސީ ކަޕްގައި ބެންގަލޫރާއި ދެކޮޅަށް ކުޅެނީ

ރިލްވާން ގްރީން ސްޓްރީޓްސް އަށް ސޮއިކޮށްފި

އެމްއެފް ނިއުސް14 މޭ 2019 09:32

މާލެ، ދިވެހިރާއްޖެ - ގައުމީ ޓީމާއި ނިއު ރޭޑިއަންޓްގެ ކުރީގެ ޑިފެންޑަރ ރިލްވާން ވަހީދު (ރިލޭ) ކްލަބް ގްރީން ސްޓްރީޓްސް އަށް ސޮއިކޮށް އެ ކްލަބްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގެ އިތުރުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައިވާ ރިލޭ އެންމެ ފަހުން ކުޅެފައިވަނީ ނިއު ރޭޑިއަންޓަށެވެ. މުސާރައިގެ މަސައްލަ ޖެހި ވަކި ހިސާބަކުން އޭނާވަނީ ނިއުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ދެކޮޅު ހަދާފަ އެވެ. ނިއުގެ އިތުރުން އޭނާ ވަނީ ކުރިން ވިކްޓަރީ، ވެލެންސިއާ އަދި މާޒިޔާ އަށްވެސް ކުޅެފައެވެ.

އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ކްލަބް ގްރީން ސްޓްރީޓްސް ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނާއި ކުރިމަތިލާއިރު، އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މީގެ ކުރިން ވަނީ ގިނަ ކުޅުންތެރިންތަކެއް ހޯދާފަ އެވެ. އޭގެ ތެރޭގައި މުހައްމަދު އާރިފް، އަލީ އަޝްފާގް، މުހައްމަދު އުމެއިރު، އަސްއަދު އަލީ، ރިހާމް އަބްދުލް ޣަނީ ފަދަ ކުޅުންތެރިން ހިމެނެއެވެ.

 
ކޮމެންޓް ކުރުމަށް
Send Your Comment
 
HOME | NEWS | REPORTS | GALLERIES | STANDINGS | FIXTURES | WEBCAST
Copyright © 2016 Maldivesfootball.com