× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

އަމާޒަކީ ފަސް އަހަރުގެ ތެރޭގައި 100 ޓާފް ދަނޑު އެޅުން: މިނިސްޓަރ މަހްލޫފް

13 މޭ 2019

މާލެ، ދިވެހިރާއްޖެ - ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 ޓާފް ދަނޑު އެޅުމަކީ އެއް އަމާޒުކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ކުޅިވަރު ކުޅޭ ތަންތަން ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އެއް ވައުދުކަމަށްވާއިރު، މިނިސްޓްރީގެ ބެލުމުގެ ދަށުން މިހާރު އަންނަނީ ރ. އަލިފުށްޓާއި ފ. ނިލަންދޫގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތްކުރަމުންނެވެ.

ދުވަހު ނޫސް މިހާރު އަށް މަހުލޫފް ދީފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން ފުޓްބޯޅަ ދަނޑުތައް އަޅާނެ ރަށްތަށް އަދި އެއްކޮށް ފައިނަލްނުކުރާ ކަމަށާއި، އަދި އެމަސައްކަތް ކުރާނީ ވަރަށް ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށެވެ.

"ރަށްތައް ނެގުމުގެގައި ހަމަހަމަ އުސޫލެއް އޮންނާނީ. ލިސްޓް އެއްކޮށް އަދި ފައިނަލް އެއް ނުވޭ ނަމަވެސް ވަކި ފޭވަރ ކުރަންޖެހޭ ރަށެއް ނޯންނާނެ. ރިޔާސީ އިންތިހާބުތެރޭ ރައީސުލްޖުމްހޫރިއްޔާ ވެސް އެބަހުންނެވި ސްޕެސިފިކްކޮށް ބައެއް ރަށްތަކުގައި ދަނޑު އަޅައިދޭނެ ކަމަށް ވިދާޅުވެފައި. އޭގެ އިތުރުން ފުޓްބޯޅަ ވަރަށް ގަދަޔަށް ކުޅޭ ރަށްތަކެއް އެބަހުރި." މަހުލޫފް ވިދާޅުވި އެވެ.

Copyright © 2024 Maldives Football