× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ޔޫވީގެ ކޯޗަކަށް ނަޒީހު ހަމަޖައްސައި ޕްރެކްޓިސް ފަށައިފި

10 މޭ 2019

މާލެ، ދިވެހިރާއްޖެ - ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކަށް މުހައްމަދު ނަޒީހު ހަމަޖައްސައި އެ ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.

އަންނަ ޖޫން މަހުގެ 7 ސީޒަން ހުޅުވާ މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، ލީގު ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވާއިރު ހުރިހާ ޓިމަކުންވަނީ މިހާރު ފަރިތަކުރުންތައް ފަށާފައެވެ.

މިދިޔަ އަހަރުގެ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަށް އިރުޝާދު ދިނުމަށްފަހު ފުރަތަމަ ޑިވިޝަނުގެ ޖާގައެއް އެ ޓީމަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ނަޒީހު ވަނީ ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ވަކި ހިސާބަކުން ވިކްޓަރީ އަށް ކުރިމަތިވި ފައިސާގެ މައްސަލަތަކާއިހުރެ ކްލަބަށް ކުރިމަތިވި މައްސަލަތަކާއެކު ލީގުގެ ފަހުކޮޅު އެ ޓީމަށް އިރުޝާދު ދީފައެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޔުނައިޓެޑް ވިކްޓަރީ ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމަށް ވަނީ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ޝާފިއު އަހުމަދުގެ އިތުރުން ކުރިން ވިކްޓަރީ އާއި އީގަލްސް އަށް ކުޅެފައިވާ އަހުމަދު ނާޝިދުގެ އިތުރުން އަހުމަދު ވިސާމް އެ ޓީމަށް ގެންގޮސްފައެވެ.

Copyright © 2024 Maldives Football