× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

މޯހަން ބަގާން އަކީ ވަރުގަދަ ޓީމެއް، މެޗް ފަސޭހައެއް ނުވާނެ - ސެކުލޯސްކީ

18 އެޕްރީލް 2017

ކޮލްކަޓާ ، އިންޑިޔާ - އޭއެފްސީ ކަޕްގައި މާދަމާ އިންޑިޔާގެ މޯހަން ބަގާން އާއި ދެކޮޅަށް މާޒިޔާ ކުޅޭ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި މޯހަން ބަގާން އަކީ ވަރުގަދަ ޓީމެއް ކަމަށް މާޒިޔާގެ ކޯޗް މަރްޔާން ސެކުލޯސްކީ ބުނެފިއެވެ.

"މޯހަން ބަގާން އަކީ ވަރަށް ވަރުގަދަ ޓީމެއް އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ހުނަރުވެރި މޮޅު ކުޅުންތެރިން އެހެންކަމުން މި މެޗް ފަސޭހައެއް ނުވާނެ. މާޒިޔާ ނިކުންނާނީ މާޒިޔާޣެ ގޮތުގައި މެޗް ކާމިޔާބު ކުރުމަށް."އިންޑިޔާގެ ކޮލްކަޓާ ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޯސްކީ ބުންޏެވެ.

ސެކުލޯސްކީ ބުނީ ލީގުގައި މުހިންމު މެޗެއް ކުރިއަށް އޮތުމުން މޯހަން ބަގާން އިން ބަދަލު ކުޅުންތެރިންނަށް ފުރުސަތު ދިން ނަމަވެސް އެއީ މާޒިޔާއަށް އޮތް ހިތްހަމަޖެހުމެއް ނޫން ކަމަށެވެ.

"އެމީހުން ބައެއް ކުޅުންތެރިންނަށް އަރާމު ކުރުމަށް ފުރުސަތު ދިން ނަމަވެސް އެއީ މާޒިޔާއަށް އޮތް ހިތްހަމަޖެހުމެއް ނޫން. ދެ ޓީމަށްވެސް ކުޅުންތެރިންނާއި ދެ ޓީމު ކުޅޭ ގޮތް ވަރަށް ރަގަޅަށް އެނގޭ. އެހެންކަމުން އެއީ މާޒިޔާއަށް އޮތް ހިތްހަމަޖެހުމެއް ނަމަ ހަމަ އެކަން މޯހަން ބަގާން އަށްވެސް އޮންނާނެ. އަހަރުމެން ނިކުންނާނީ އަހަރުމެންގެ ގޭމް ކުޅެ މެޗް ކާމިޔާބު ކުރުމަށް." ސެކުލޯސްކީ ބުންޏެވެ.

މެޗާއި ގުޅޭ ގޮތުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް މާދަމާ ގެ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށެވެ.

"މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް މާދަމާގެ މެޗަކީ ވަރަށް މުހިންމު މެޗެއް. މޯހަން ބަގާން އާއި ދެކޮޅަށް މިދިޔަ އަހަރު ކުޅުނު އިރު އެ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. ނަމަވެސް މި އަހަރު މާޒިޔާއަށް އައިސްފައިވާ ބަދަލާއެކު މާޒިޔާވެސް ވަނީ ވަރުގަދަ ވެފަ. އެހެންކަމުން މާދަމާގެ މެޗް ފަސޭހައެއް ނުވާނެ އެއްވެސް ޓީމަކަށް." އަސަދުﷲ ބުންޏެވެ.

މޯހަން ބަގާން އާއި ދެކޮޅަށް މާޒިޔާ ކުޅޭ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރާއްޖެ ގަޑިން ހަވީރު 6:30 ގައެވެ.

މި މެޗަށް މާޒިޔާ އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށ

Copyright © 2024 Maldives Football