× ޚަބަރު ރިޕޯރޓް އިންޓަރވިއު WORLD CUP 2022

ގައުމީ ޓީމުގެ ކެޕްޓަނަކަށް އަޑޭ ހަމަޖައްސައިފި

27 މާރޗް 2017

ގައުމީ ޓީމުގެ ކެޕްޓަނަކަށް އައްސަދު އަލީ (އަޑުބަރޭ) ހަމަޖައްސަައިފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރޭ ފަލަސްތީނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، އަނިޔާގެ ސަބަބުން ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޓީމަކަށް ނުނަގަ އެވެ. އަދި ވައިސް ކެޕްޓަން އިމްރާން މުހައްމަދު ވަނީ ގައުމީ ޓިމަށް ކުޅުން ހުއްޓާލައިފަ އެވެ.

މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު ޑެރަން ސްޓުވާޓް ބުނީ އަޑޭ އަށް ކެޕްޓަން ބޭންޑް ހައްގު ކަމަށެވެ.

"އަޑޭ އަކީ ދަނޑުމަތީގައި ލީޑަރެއް. ކެޕްޓަން ބޭންޑް ދިނުމުން އަޑޭ އަށް އެ ލިބުނީ އޭނާ އަށް އަދާކުރެވޭނެ ޒިންމާއެއް. ކުޅުންތެރިންގެ އިހުތިރާމް ވެސް އަޑޭ އަށް އެބައޮތް،" ސްޓުވާޓް ބުންޏެވެ.

އަޑޭ އަކީ 2007 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިޔެކެވެ. އަދި މި ވަގުތު ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު، އަދި ގައުމީ ޓީމަށް އެންމެ ގިނަ ދުވަހު ކުޅެފައިވާ އެއް ކުޅުންތެރިޔަކީ އަޑޭ އެވެ.

އަޑޭ ބުނީ ކެޕްޓަން ބޭންޑަށްުވުރެ ބޮޑަށް އޭނާ އަށް މުހިންމީ މާދަމާ ރޭގެ މެޗުން މޮޅުވުން ކަމަށެވެ.

ގައުމީ ޓީމުގެ ވައިސް ކެޕްޓަނުންނަށް ހަމަޖައްސާފައިވަނީ ޝާފިއު އަހުމަދާއި މުހައްމަދު އުމެއިރެވެ.

Copyright © 2024 Maldives Football